ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެއް ހއ.ހޯރަފުށީގައި ޤާއިމްކުރުން

ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 80 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރ 2025 އެޕްރީލް 17 ވަނަ ދުވަހު ހއ.ހޯރަފުށީގައި ވަނީ ޤާއިމްކުރެވިފައެވެ. މި ސެންޓަރު ހިނގަމުންދާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބެލުމުގެ ދަށުންނެވެ.